ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ރާއްޖެ ވަޑައިިގެންފި

ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަުން --- ފޮޓޯ/ ރައީސް އޮފީސް

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ދާދި ފަހުން ރައީސް ވަނީ ތައިރޮއިޑުގަ ފަރުވާއަށް ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށް ރައީސް ފުރާވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި 25 ވަނަ ދުވަހު ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވައިފައެވެ.

އެ އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ހަވާލުވެވަޑައިގެންނެވިއެވެ.

އެ އޮޕަރޭޝަނަށްފަހު، ހަމަ އެ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ވަނީ ހަވާލުވެވަޑައިގެންފައެވެ.

އެ ދަތުރު ނިންމަވާލެއްވުމަށްފަހު، އަނބުރާ މާލެ ވަޑައިގަތީ މާޗުމަހުގެ ހަވަނަ ދުވަހުއެވެ.

comment ކޮމެންޓް