ބަހެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ދުއްވާފައި ދިޔަ ބަހަކާއި ސައިކަލެއް އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގައިފައިވަނީ މިރޭ އިރާކޮޅު، އަމީނީމަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް ކައިރިންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 18:10 ހާއިރު ކަމަށާއި އަނިޔާ ލިބުނު މީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް މި އެކްޑިސެންޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ބެލެވޭ ގޮތުގައި ފަރުވާ ދެމުން އަންނަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ.

comment ކޮމެންޓް