ވާޝިޔާއަށް 47 ސުވާލު: ޝައުގުވެރި ޖަވާބުތަކެއް!

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް "ސަން" އިން ގެނެސްދޭ ހާއްސަ ޕްރޮގްރާމު "47 ކުއިޝަންސް" ދައްކައިލައިފިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގެ މެހެމާނަކީ ފިލްމީތަރި ވާޝިޔާ މުހައްމަދެވެ. ތިން ބިބީ ސީރީޒް އިން ފިލްމީ ދާއިރާއަށް ނުކުތް ވާޝިޔާ އަންނަނީ އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އޭނާގެ އެކްޓިންއަށް ގިނަ ބަޔަކު ތައުރީފް ކުރެއެވެ.

ސަންގެ މި ޕްރޮގްރާމަކީ ފަންނާނުންގެ އެކި މައުލޫމާތުތައް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބެލުންތެރިންނަށް އެނގެން ބޭނުންވާ އެތައް ސުވާލެއްގެ ޖަވާބު ފެންނާނެއެވެ.

މި އެޕިސޯޑުގައި ވާޝިޔާގެ ފިލްމީ ދާއިރާގެ ބައެއް ތަޖުރިބާތަކާއި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

މި ޕްރޮގްރާމު ރޯދަމަހު ސަންއިން ކޮންމެ ހަފްތާއަކު ވެސް ގެނެސްދޭނެއެވެ.

comment ކޮމެންޓް