ކޮވިޑުގެ ހާލަތުގައި އޭޑީކޭގެ މުވައްޒަފުން ކުރި މަސައްކަތުގެ އަގުވަޒަންކޮށްފި

އޭޑީކޭގެ ސްޓާފަކަށް އަގުވަޒަންކުރުމުގެ ސެޓިފިކެޓު ހަވާލުކުރަށްވަނީ -- ފޮޓޯ/ އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުން ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށްޓަކާ ކުރެއްވި މަސައްކަތް ފާހަގަކޮށް އެ ހޮސްޕިޓަލުން، އެ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ހަފުލާއެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރާއި، ސީނިއާ މެޑިކަލް އޮފިސަރު ޑރ. ފާޠިމަތު ނަޒްލާ ރަފީގުގެ އިތުރުން އެ އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

އެ ހަފުލާގައި ސްޓާފުންނާއި ވޮލެންޓިއަރުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ޑރ. ފާޠިމަތު ނަޒްލާއާއި މައިމޫނާ އަބޫބަކުރު އަދި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލެވެ.

އޭޑީކޭގެ ސްޓާފަކަށް އަގުވަޒަންކުރުމުގެ ސެޓިފިކެޓު ހަވާލުކުރަށްވަނީ --- ފޮޓޯ/ އޭޑީކޭ

ކޮވިޑްގެ ހާލަތުގައި އޭޑީކޭގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރަށްވާ ޑރ. އަބްދުﷲ ނިޔާފް ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޝުކުރުއަދާކުރަށްވާފައެވެ. އަދި މައިމޫނާ އަބޫބަކުރު ވެސް ވަނީ އޭޑީކޭގެ އެންމެހާ މަސައްކަތްތެރިންނަށް ޝުކުރުއަދާކުރަށްވާފައެވެ.

comment ކޮމެންޓް