އާ ގަލޮޅު ދަނޑުގެ ކުރެހުންތައް ދައްކާލައިފި، ވަރަށް ފުރިހަމަ

އާ ގަލޮޅު ރަސްމީ ދަނޑުގެ ކުރެހުން -- ފޮޓޯ / މިނިސްޓަރު މަޚްލޫފް

އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ދަށުން މިހާރު ބޭނުން ކުރަމުންދާ ގަލޮޅު ރަސްމީ ދަނޑު ތަޅާލުމަށްފަހު، ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އާ ދަނޑުގެ ހިތްގައިމު ކުރެހުންތައް ދައްކާލައިފިއެވެ.

ބޮޑެތި ބަދަލުތަކެއް ފެންނަ މި ދަނޑުގެ ކުރެހުން އާންމު ކުރީ މިއަދު ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގައެވެ.

މިކަމާ ގުޅިގެން އިތުރަށް "ސަން" އާ ވާހަކަ ދައްކަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މި ދަނޑުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ވަރަށް އުންމީދު ކުރެވޭ ކަމަށެވެ.

އާ ގަލޮޅު ރަސްމީ ދަނޑުގެ ކުރެހުން -- ފޮޓޯ / މިނިސްޓަރު މަޚްލޫފް

އަދި އާ ދަނޑަކީ ގާތް ގަނޑަކަށް 11،500 މީހުންގެ ޖާގައިގެ ދަނޑަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު މަޚްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ތަރައްގީކުރާ މި ދަނޑުގެ ޖުމުލަ ޚަރަދުގެ ގޮތުގައި ގާތް ގަނޑަކަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ބޭނުން ކުރަމުންދާ ގަލޮޅު ރަސްމީ ދަނޑު ތަޅާލައި، ރަނގަޅު ފެންވަރުގެ އައު ދަނޑެއް ޤާއިމްކުރުމަކީ ސަރުކާރާއި ޔޫތު މިނިސްޓްރީގެ ބޮޑު އަމާޒެކެވެ.

އާ ގަލޮޅު ރަސްމީ ދަނޑުގެ ކުރެހުން -- ފޮޓޯ / މިނިސްޓަރު މަޚްލޫފް

ރާއްޖޭގެ އެކި އެކި ކުޅިވަރުތައްް ތަރައްޤީ ކުރުމަށް އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ދަށުން 40 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރު މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް