ބަރަބޯ: ބަރުދަން ލުއިކުރުމަށް އެހީވެދޭ ތަރުކާރީއެެއް!

ފޮޓޯ: ގޫގުލް

ބަރަބޯއަކީ ދިވެހިންގެ ކެއުމުގައި ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޯ ބޭނުންކޮށްގެން ތަފާތު ވަައްތަރުގެ ކާނާ ތައްޔާރު ކުރެވެއެވެ. އޭގެ ތެރޭގައި ބަރަބޯ ރިހަ، ބަރަބޯ ކަނދި، ހަނާކުރި ބަރަބޯ ފަދަ ކެެއުންތައް ހިމެނެއެވެ.

އެންޓިއޮކްސިޑެންޓް ވިޓަމިން ތަކުގެ ގޮތުގައި ހިމެނޭ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ވިޓަމިން އީ އިން މުއްސަނދިވެފައިވާ ބަރަބޯއަކީ ބަރުދަން ލުއިކުރުމާއި ސަރުބީ ދަށްކޮށްދިނުމަށް އެހީތެރިވެދޭ ތަރުކާރިއެވެ.

ބަރަބޯއަކީ ގިނަ ނިއުޓިރިއެންޓް އެކުލެވޭ ތަރުކާރީއެއް ނަމަވެސް، ކެލޮރީ މަދުން އެކުލެވޭ ތަރުކާރީއެކެވެ. އެގޮތުން، 100 ގްރާމްގެ ބަރަބޯގައި އެކުލެވިގެންވަނީ 25 ގްރާމް ކެލޮރީއެވެ.

ފަލަމަޑީގެ ބާވަތެއް ކަމަށްވާ ބަރަބޯގައި ޑައެޓަރީ ފައިބަރު، އަދި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. އެހެންކަމުން، ބަރަބޯ ޙާއްޞަވެފައިވާނީީ ހަށިގަނޑުން ސަރުބީ ދައްކޮށްދޭ އަދި ބަރުދަން ލުއިކޮށްދޭ ތަރުކާރީއެއްގެ ގޮތުގައެވެ. އަދި ބަރުދަން ލުއިކުރުމަށް ހިންގާ ޚާއްޞަ "ޑައެޓް ޕްރޮގްރާމް"ތަކުގައި ބަރަބޯ ކެެއުމަށް އިރުޝާދުދެއެވެ.

ބަރަބޯގައި ފައިބަރާއި ވިޓަމިން ސީގެ އިތުރުން ޕޮޓޭސިއަަމް އެކުލެވިގެންވާތީ އެއީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ތަރުކާރީއެކެވެެ.

ދެހާސް ސަތާރަ ވަނަ އަހަރު 2،722 މީހުން ހިމަނައިގެން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ގިނައިން ޕޮޓޭސިއަމް އެކުލެވޭ ކާނާ ކެއުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ. ލޭ މައްޗަށް ދިޔުމަކީ ހިތުގެ މައްސަލަތަކަށް އިންސާނާ ހުށަހެޅިގެންދާ ކަމެކެވެ. އެހެންކަމުން ކެއުމުގައި ޕޮޓޭސިއަމް އެކުލެވޭ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީންއަކީ ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ، ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާތަކަށް ވާއިރު، މި މާއްދާތަކަކީ ބަރަބޯގައި ގިނަ އަދަދަކަށް ހިމެނޭ މާއްދާތަކެވެ.

ދަ ނޭޝަނަަލް އައި އިންސްޓިޓިއުޓުން 2019 ވަނަ އަހަރު ހެދި ދިރާސާއެއްގައި ވާގޮތުން، ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީންއަކީ އުމުރުން ދުވަސްވުމުން ލޮލަށް ޖެހޭ ބަލިތަކުން ދުރުކޮށްދޭ މާއްދާތަކެކެެވެ.

ބަރަބޯގައި ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެން ވާއިރު ފައިބަރުން ހަޖަމް ކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ބަނޑުހިކުމުގެ މައްސަލަ ދިމާވާ މީހުން ބަރަބޯ ކެއުމަކީ މުހިންމު ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ފައިބަރަކީ ގޮޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާއެއްވެސްމެއެވެ.

comment ކޮމެންޓް