ރޯދަމަހު ވެމްކޯއިން ކުނިނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 8:00ގެ ފަހުން

ވެމްކޯ މުއައްޒަފުން ކުނިނެގުމުގެ ޚިދުމަތްދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ކުނިނެގުމުގެ ޚިދުމަތްދޭ ގަޑިތަށް އާންމުކޮށްފިއެވެ.

އެގޮތުން އެ ކުންފުނިން ބުނީ ރޯދަމަހު ގޭބީސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭނީ ރޭގަނޑު 8:00 އިން 00:00 އަށް ކަމަށެވެ. އަދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތިދުވަހެއްގެ 09:00 ކުން 17:00 އަށް ފޯރުކޮށްދޭނެއެވެ. ހުކުރުދުވަހު އެ ޚިދުމަތްދޭނީ 14:00 އިން 17:00 އަށް އަދި 20:00 އިން 01:00 އަށެވެ.

މީގެއިތުރުން އެ ކުންފުނީގެ ކެޕްސްގެ ޚިދުމަތް ރޯދަމަހު ދޭން ހަމަޖެހިފައިވާ ގަޑިތަކަކީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ހެނދުނު 9:00 އިން 17:00 އަށް އަދި ރޭގަނޑު 8:00 އިން 00:00 އާ ހަމައަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 17:00 އާ ހަމަޔަށް ޚިދުމަތްދޭއިރު ރޭގަނޑު 8:00 އިން ފެށިގެން 00:00 އާ ހަމަޔަށްވެސް އެ ޚިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ޚިދުމަތްދޭ ގަޑިތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް