ޔުނައިޓެޑްގެ މިމަހުގެ މޮޅު ކުޅުންތެރިޔަކަށް ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ --

މެންޗެސްޓާ ޔުނައިޓެޑްގެ މާޗު މަހުގެ މޮޅު ކުޅުންތެރިޔަކަށް އެ ކުލަބަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ.

މޮޅު ކުޅުންތެރިޔަކަށް ރޮނާލްޑޯ ހޮވުނުއިރު، އޭނާ ވަނީ ޔުނައިޓެޑާއެކު މާޗު މަހު ތިން މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ.

ރޮނާލްޑޯ ވަނީ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހަދާފައެވެ. އެ މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އެއީ މެޗުގެ 12 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، 38 ވަނަ މިނެޓުގައި ޖެހި ލަނޑު އަދި 81 ވަނަ މިނެޓުގައި ޖެހި ލަނޑެވެ.

މާޗު މަހުގެ މޮޅު ކުޅުންތެރިޔަކަށް ރޮނާލްޑޯ ހޮވުނީ ޔުނައިޓެޑްގެ ސަންޗޯ އާއި ފްރެޑްއާ ވާދަކޮށެވެ.

ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް ބަދަލުވި ފަހުން އެޓީމަށް ކުޅެދިން 24 މެޗުގައި 12 ލަނޑު ޖަހައިދީފައެވެ.

comment ކޮމެންޓް