ރޯދަމަހު މީރާއިން ޚިދުމަތް ދޭނީ ނުވަޔަކުން ބާރައަށް

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންނަ ރޯދަމަހު މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުތަކުން ޚިދުމަތް ދޭނީ ހެނދުނު 09:00ން މެންދުރު 12:00އަށް ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.

މީރާއިން ބުނީ ރޯދަމަހާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ޚިދުމަތް ހޯދުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ގަޑިތަކުގައި ކަމަށެވެ.

މީގެ އިތުރުން، މީރާގެ މޯބައިލް އެޕްލިކޭޝަނާއި، ކިއުބީ އެޕް މެދުވެރިކޮށް ވެސް ނަންބަރު ނެގޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ
ފައިސާއެއްކަމުގައި ވާތީ، ޚިދުމަތް ހޯދުމުގައި އެ އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

އެ ޚިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ
ޚިދުމަތްތަކެއްކަމުގައި މީރާއިން ފާހަގަކުރެއެވެ.

comment ކޮމެންޓް