އައްޑޫ މޭޔަރުގެ ކާރުގައި ސްޕްރޭއިން "އިންޑިއާ އައުޓް"ލިޔެފި

އައްޑޫ މޭޔަރު އަލީ ނިޒާރުގެ ކާރުގައި އިންޑިއާ އައުޓް ލިޔެފައި --

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައި ނޫ ކުލައިގެ ސްޕްރޭއިން "އިންޑިއާ އައުޓް" ލިޔެފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އޭނާގެ ކާރުގައި ނޫ ކުލައިގެ ސްޕްރޭއިން "އިންޑިއާ އައުޓް" ލިޔުނީ ގެ ކައިރީގައި ޕާކު ކޮށްފައި އޮއްވާ ކަމަށާއި ނަމަވެސް އެކަން ކުރީ ކޮންބައެއްކަން އެނގިނުލައްވާ ކަމަށެވެ.

"އަޅުގަނޑު ޤަބޫލު ކުރަނީ މިއީ މި އުޅޭ ސިޔާސީ ފަރާތްތަކުން ފަތުރާ ފިތުނައިގައި ބަޔަކު ޖެހިން އޭގެ ތެރެއިން ބަޔަކު ކުރި ކަމެއްގެ ގޮތުގަ. ދެން މިކަހަލަ ފަސޭހަ ކަމެއްތާ ކޮށްލެވޭނީ،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ރަށު ތެރޭގައި އެފަދަ ނާތަހުޒީބު އަމަލުތައް ހިންގާ މީހުންނަކީ ކޮބައިކަން ހޯދައި ދެނެގަނެ އެފަދަ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

comment ކޮމެންޓް