ރިހާނާގެ އަތުގައި އަޅާފައިވާ ބޮޑު ޑައިމަންޑް އަނގޮޓީގެ ސިއްރަކީ ކޮބާ؟

ފަހަކަށް އައިސް ރިހާނާގެ އަތުން ފެންނަ ޑައިމަންޑް އަނގޮޓިއަކީ އެންގޭންޖްމެންޓް އަނގޮޓިއެއް ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި، އެ އަނގޮޓީގެ ސިއްރު އޭނާ ކިޔައިދީފިއެވެ.

ރިހާނާ އެނާގެ އަތުގައި އަޅާފައިވާ ޑައިމަންޑް އަނގޮއްޓި ފަޚްރުވެރިކަމާއެކު މީހުންނަށް ދައްކައިގެން އުޅެން ފަހެއް ނުޖެހެއެވެ. އެއީ ރިހާނާގެ އެންގޭޖްމެންޓް އަނގޮޓިކަމަށް ބުނެ ފުރަތަމަ ވާހަކަތައް ދެކެވެން ފެށީ އޭނާ ދަރިފުޅަށް ބޭނުންވާ ތަކެތި ގަންނަން ނުކުމެ އުޅެނިކޮށެވެ.

ރިހާނާއާ ވަރަށް ގާތް މީހަކު ބުނާ ގޮތުގައި ލޯބިވެރިޔާ، އޭސެޕް ރޮކީ، ރިހާނާ ގާތު އިންނަން އަހަން މިއަހަރުގެ ޖެނުއަރީ މަހު އުޅުނެވެ.

އެސެޕް ރޮކީ ދެކޭގޮތުގައި ރިހާނާއަކީ އޭނާއަށް އެންމެ ފުރިހަމަ މީހާއެވެ. އަދި މިހާރު އޭނާއަށް ރިހާނާއާ ނުލައި އުޅެން ވެސް ދަތިވާނެއެވެ. އެމީހުން އަބަދުވެސް ދަރިންހޯދުމާއި ކައިވެންޏާ ދޭތެރޭ ވާހަކަދައްކަމުންދާކަމަށް ރިހާނާގެ ގާތް މީހަކު ނޫސްތަކަށް މައުލޫމާތު ދިނެވެ. އަދި އެއީ ދެމީހުންވެސް އެއްބަސްވެގެން ބޭނުންވާ ކަމެއްކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

ރިހާނާ އިނީ މިހާރު އޭނާގެ ފުރަތަމަ ދަރުފުޅަށް ބަލިވެއެވެ. އެ ކުއްޖާގެ ޖިންސާ ބެހޭ ގޮތުން ރިހާނާ އަދި އެއްޗެކޭ ބުނެފައިއެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން ރިހާނާ އޮރެންޖު ކުލައިގެ، ތުއްތުކުދިންގެ ހެދުމެއް ގަތުމުން ސަޕޯޓަރުން ލަފާ ކުރަނީ ރިހާނާއަށް ލިބެނީ އަންހެން ކުއްޖެއް ކަމަށެވެ.

comment ކޮމެންޓް