ވުލްވެރިންގެ ރޯލުން ޑެނިއެލް ރެޑްކްލިފް ފެނިދާނެކަމުގެ ވާހަކަތަކެއް

ޑެނިއެލް ރެޑްކްލިފް -- ފޮޓޯ/ ސިގްނޭޗާ އެންޓަޓެއިންމެންޓް

ޑިޒްނީން ފޮކްސް ޕްރޮޕަޓީސް ގަތް ފަހުން ޑިޒްނީއަށް ވަނީ އެކްސް މެން އާއި ފެންޓާސްޓިކް ފޯގެ މިލްކުވެރިކަން ލިބިފައެވެ. ދެން މާ ލަސްތަކެއްނުވެ މާވެލް ކެރެކްޓާ ޔުނިވާސްއިން މި ކެރެކްޓާތައް ވެސް ފެންނަން ފަށާފާނެއެވެ.

މިހާރު ޚަބަރު ފެތުރިފައިވާ ގޮތުގައި، ފޮކްސްއިން، ޑެޑްޕޫލް ނޫން އެހެން ހުރިހާ ކެރެކްޓާތަކެއްވެސް އައު އެކްޓަރުން ހޯދާނެއެވެ. އެހެންކަމުން ވުލްވެރިންގެ ރޯލު މިހާތަނަށް އެހާ ފުރިހަމައަށް އަދާ ކުރަމުން ދިޔަ ހިއު ޖެކްމަން ނޫން އެހެން ތަރިއެއް މި ރޯލުން ފެނުމަކީ އޭނާއަށް ތާއިދު ކުރާ މީހުންނަށް އުނދަގޫ ކަމަކަށް ވެދާނެއެވެ.

ވުލްވެރިން ބަލާހިތްވާ ބައެއް މީހުން މިހާރު ބުނަނީ މިރޯލުން ދެން ފެންނާނީ ހެރީ ޕޯޓާގެ ރޯލުން މަޝްހޫރުވި ތަރި ޑެނިއަލް ރެޑްކްލިފް ކަމަށެވެ.

ނަމަވެސް ޖިމީ ފެލަންގެ ޝޯގައި ވާހަކަދައްކަމުން ރެޑްކްލިފް ބުނެފައިވަނީ އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން އަހަރެއްގެތެރޭ އެތައް އިންޓަވިއުއެއްގައިވެސް އެގޮތަށް އެސުވާލު އޭނާއާ ކުރާތީ މަޖާޒީގޮތުން އޭނާ އެއަށް އާނއެކޭވެސް ބުނެފައިވެއެވެ.

އެއާއެކު ރެޑްކްލިފް ވަނީ، ހިއު ޖެކްމަން ކުޅެފައިވާ ރޯލެއް އޭނާއަށް ކުޅެވޭނެ ކަމަށް މީހުން ދެކޭތީ ވަރަށް އުފާވާކަމަށް ބުނެފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު