ޝަނާޔާ ކަޕޫރު ގަތީ 80 ލައްކަ ރުޕީސްއަށްދޭ ކާރެއް

ޝަނާޔާ ކަޕޫރް އަދި އޭނާ ގަނެފައިވާ އައުޑީ ކިއު ސެވަން ކާރު --

ބޮލީވުޑްގެ ޒުވާން ތަރި ޝަނާޔާ ކަޕޫރް، 80 ލައްކަ ރުޕީސްއަށްދޭ އައުޑީ ކިއު ސެވަން ކާރެއް ގަނެފިއެވެ.

ޝަނާޔާއަކީ އެކްޓަރު ސަންޖޭ ކަޕޫރު އާއި ޑިޒައިނަރު މަހީޕް ކަޕޫރުގެ ދޮށީ ދަރިއެވެ.

ޝަނާޔާ ގަތް ކާރު ކައިރީގައި އޭނާ މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް، އައުޑީގެ މުމްބާއީ އައުޓްލެޓުން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޝަނާޔާ ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާނެއެވެ. އެ ފިލްމަކީ ބޭދަޅަކް ކިޔާ، ކަރަން ޖޯހަރުގެ ފިލްމެކެވެ. އެ ފިލްމުގައި މަސައްކަތް ކުރާ އެހެން ބަތަލުންނަކީ ލަކްޝްޔާ ލަލްވާނީ އާއި ގުރްފަތޭހް ޕީރްޒާދާއެވެ. ބޭދަޅަކް އިޢުލާން ކޮށްފައިވަނީވެސް މިމަހުކުރީކޮޅެވެ.

ލަކްޝްޔާ މީގެ ކުރިން ފެނިފައި ވަނީ ޓީވީޝޯތަކުންނެވެ. އެގޮތުން ވޯރިއާ ހައި, ޕަރްދޭސް މޭ ހޭ މޭރާ ދިލް އަދި ޕޯރަސް ހިމެނެއެވެ.

ގުރްފަތޭހް ފުރަތަމަ ފެނިގެން ދިޔައީ ނެޓްފްލިކްސްގެ ގިލްޓީ އިންނެވެ. މީގެ އިތުރުން ފްރެންޑްސް އިންލޯ އަދި އައި އެމް އެލޯން, ސޯ އާ ޔޫގައި ވެސް ގުރްފަތޭހް މަސައްކަތް ކޮށްފައިވެއެވެ.

comment ކޮމެންޓް