ޕްރިޔަންކާ ޗޯޕްރާ އަނެއްކާވެސް ހޮލީވުޑްގެ ފިލްމަކަށް

ބަތަލާ ޕްރިޔަންކާ ޗޯޕްރާ---

ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓަކުން ޕްރިޔަންކާ ޗޯޕްރާ އަނެއްކާވެސް ފުރުސަތު ހޯދައިފިއެވެ.

ޕްރިޔަންކާ ދެން ފެނިގެންދާނީ، ސިންގަޕޫރުގެ ޑައިރެކްޓަރެއްކަމަށްވާ އެންތަނީ ޗެންގެ ފިލްމަކުންނެވެ. މި ފިލްމަކީ ޝިލްޕީ ސޮމާޔާ ގޯޑާގެ ވާހަކަ ފޮތެއް ކަމަށްވާ "ސީކްރެޓް ޑޯޓާ" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ގޯޑާގެ މިފޮތަކީ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭ ފޮތެކެވެ. އެ ފޮތުގެ އެންމެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ދެ އަންހެނުންނެވެ. އެދެމީހުން ގުޅިފައިވަނީ ކުޑަކުއްޖެއްގެ ސަބަބުންނެވެ.

އެ ވާހަކަ ކުރިއަށްދަނީ، ދެގައުމެއްގައި އެއްވަގުތެއްގައި ދިރިއުޅެމުންދާ ދެ އަންހެނުންގެ ހަޔާތުގައި ވަމުންދާ ކަންތައްތަކަށް ކިޔައިދެމުންނެވެ. މި ދެ އަންހެނުންގެ ތެރެއިން އިންޑިއާގައި އުޅޭ މީހާގެ މާލީ ހާލަތު ހުރި ގޮތުން އޭނާގެ ތުއްތު ދަރިފުޅު އެހެން މީހަކަށް ދިނުން ނޫން ގޮތެއް ނެތެވެ. އަދި ހަމަ އޭރު އެމެރިކާގައި އުޅޭ އަންހެނަކު އޭނާއަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެ ކަމުގެ ޚަބަރު ލިބިގެން އުޅެއެވެ. އަދި ވާހަކަ ކުރިއަށް ދާއިރު މި ދެ މީހުން މިކުއްޖާ މެދުވެރިކޮށް ދިމާވެއެވެ.

ސީކްރެޓް ޑޯޓާ އަކީ ވަރަށް އިމޯޝަނަލް ވާހަކަ ފޮތެކެވެ. އަދި ޕްރިޔަންކާ ޗޯޕްރާ އާއި ސިއެނާ މިލާގެ ފަރާތުންވެސް ވަރަށް ފުރިހަމަ އެކްޓިން ފެނިގެން ދާނެކަމަށް ވަނީ ބެލެވިފައެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ އެމެޒޮން ސްޓޫޑިއޯސްއިންނެވެ.

comment ކޮމެންޓް