ފުރަންދިޔައިރު ސްމިތުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އެނބުރި ގެއަށް

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސުމިތު) ---

ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމާއެކު ރަސްމީ ދަތުރުފުޅެއްގައި ފުރަން އެއާޕޯޓަށް ދިޔައިރު އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޢަލީ ހާޝިމް (ސްމިތް)ގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރުން ކެންސަލްވެ، އެނބުރި ގެއަށް ވަޑައިގަންނަވަން ޖެހިއްޖެއެވެ.

މިނިސްޓަރުގެ އަރިހުގައި ސްމިތު ބައިވެރިވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި އޮތީ ސާބިއާގައި ކުރިއަށް ގެންދާ ޓޫރިޒަމް ފެއާއެއްގައެވެ.

މި ދަތުރުގައި ސްމިތަށް ބައިވެރިވެވަޑައިނުގެންނެވުމުން ޑރ. މައުސޫމް ވަނީ އެ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ސާބިއާއަށް ވަޑައިގެންފައެވެ.

ސްމިތު ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ސަބަބެއް ނޭނގޭ ކަމަށާއި އެހެންކަމުން ސިވިލް ކޯޓު މެދުވެރިކޮށް އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް