ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް ވަޒީފާއިން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް ކަމުން ވަކިކުރި އަހްމަދު އަބްދުﷲ އަފީފް

ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލްގެ މަޤާމުގައި ހުންނެވި އަޙްމަދު ޢަބްދުﷲ އަފީފް ވަޒީފާއިން ވަކިކޮށްފިއެވެ.

އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ އަޙުމަދު ވަޒިފާއިން ވަކިކޮށްފައިވަނީ އަޚުލާޤީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަޙުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅަކެވެ. މީގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރައްވާފައެވެ.

comment ކޮމެންޓް