ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމުގެ ޓްރެއިލާ ރިލީޒްކުރަނީ!

ރަންބީރު ކަޕޫރްއާއި ރިޝީ ކަޕޫރު. ފޮޓޯ: ބޮލީވުޑް ހަންގާމާ

މައްޝޫރު ފިލްމީތަރި ރިޝީ ކަޕޫރްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ޝަރްމާޖީ ނަމްކީން"ގެ ޓްރެއިލާ މިއަދު ނެރޭނެކަމަށް އޭނާގެ ދަރިފުޅު ރަންބީރް ކަޕޫރް ބުނެފިއެވެ.

އިންޑިއާގެ އެންމެ މޮޅު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންބީރު ކަޕޫރު އިއްޔެ ވަނީ އޭނާގެ ސަޕޯޓަރުންނާ ޚާއްޞަ ވީޑިއޯ މެސެޖެއް ހިއްސާކޮށްފައެވެ.

މި ވީޑިއޯގައި ރަންބީރާއި ރިޝީ ކަޕޫރްގެ ފޭނުނުންނާ ވާހަކަދައްކަމުން ރަންބީރު ބުނެފައިވަނީ ޝަރްމާޖީ ނަމްކީންގެ މަސައްކަތްކުރި އިރު އޭނާގެ ބައްޕަގެ ހާލު ގޯސްވި ނަމަވެސް އެ ފިލްމު ނިންމަން ރިޝީ ބޭނުންވި ކަމަށެވެ. ނަމަވެސް ރިޝީ މަރުވީ ފިލްމު އެއްކޮށް ނުނިމެނީސް ކަމަށް ރަންބީރު ބުންޏެވެ.

ރަންބީރު ބުނީ، ރިޝީ މަރުވި ފަހުން ވެސް އެ ފިލްމު ފުރިހަމަ ކުރަަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެނާ ވަނީ ޕްރޮސްތެޓިކްސް ހަދައިގެން ފިލްމު ފުރިހަމަ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއްނުވިއެވެ.

އެހެންކަމުން އެ މަސައްކަތްކޮށްދިނީ ޕަރޭޝް ރާވަލް ކަމަށާއި އޭނާ އެ ކޮށްދިން މަސައްކަތަށް ވަރަށް ޝުކުރުވެރިވާ ކަމަށް ރަންބީރު ބުންޏެވެ.

ރަންބީރު ކަޕޫރު އިތުރަށް ބުނެފައިވަނީ "ޝަރްމާޖީ ނަމްކީން" އަބަދުވެސް ވާނީ އޭނާގެ ބައްޕަގެ އެންމެ އުފާވެރި އެއް ހަނދާނަށް ކަމަށެވެ. އަދި އެ ފިލްމުގެ ސަބަބުން ބެލުންތެރިންނަށް ހިނިތުންވުން ގެނެސްދެވޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ބުންޏެވެ.

ޝަރްމާޖީ ނަމްކީން އަކީ ރިޓަޔާކޮށްފައިވާ ފިރިހެނެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ހިތޭޝް ބަޓިއާ ޑައިރެކްޓްކޮށް އެކްސެލް އެންޓަޓެއިންމަންޓުން މެކްގުފިން ޕިކްޗާސް އާ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ރިޝީ ކަޕޫރާއި ޕަރޭޝް ރާވަލްގެ އިތުރުން ޖޫހީ ޗައުލާ، ސުހައިލް ނަޔާރު، ތަރޫކް ރައިނާ، ސަތިޝް ކައުޝިކް، ޝީބާ ޗައްޑާ އަދި އީޝާ ތަލްވާރު ފެނިގެންދާނެއެވެ.

މި ފިލްމު ދުނިޔޭގެ 240 ގައުމެއްގައި ދައްކަން ހަމަޖެހިފައިވާއިރު، ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް