ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މާމިގިލީ އިބޫ

ޓުއަރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އދ. މާމިގިލި، ރަންގިރިޓީގެ، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) މިއަދު ޢައްޔަންކުރައްވައިފިއެވެ.

މާމިގިލީ އިބޫ ވަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް ފުރުއްވާފައެވެ.

މީގެ އިތުރުން، މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމާއި ޕްރައިވެޓް ސެކްޓާގެ އެކިއެކި މަޤާމުތައް އޭނާ ފުރުއްވާފައިވެއެވެ.

އޭނާ އަކީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވާސިޓީން އެމްބީއޭ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މާމިގިލީ އިބޫގެ އިތުރުން ދެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނީ ޑރ. އަޙްމަދު ޞާލިހެވެ.

comment ކޮމެންޓް