އެކައުންޓެންޓުން ތަމްރީނުކުރުމަށް 150 ސްކޮލަޝިޕް ހަވާލު ކޮށްފި

އެކައުންޓެންޓުން ތަމްރީނުކުރުމަށް 150 ސްކޮލަޝިޕް ހަވާލު ކުރުމުގެ ތެރެއިން --- ފޮޓޯ/ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް 150 ސްކޮލަޝިޕް ހަވާލު ކޮށްފިއެވެ.

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް 150 ސްކޮލަޝިޕް ހުޅުވާލަނެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެކަމަށްޓަކައި މިއަދު އެމްއެންޔޫގައި ބޭއްވި ރައްމިއްުޔާތުގައި، ސްކޮލަޝިޕަށް ހޮވުނު 150 ކުދިންނަށް ވަނީ ސްކޮލަޝިޕް ހަވާލު ކޮށްފައެވެ. އެއީ ޕަބްލިކް ސެކްޓާއަށް 50 ފުރުސަތާއި ޕްރައިވެޓް ސެކްޓާއަށް 100 ފުރުސަތެވެ.

މި ސްކޮލަޝިޕަށް 493 މީހަކު ކުރިމަތިލީކަމަށް މިނިސްޓްރީން ބުންޏެވެ.

ސްކޮލަޝިޕަށް އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައި ވަނީ، މިއީ މި ދާއިރާއަށް ދިމާވެފައިވާ މީހުން ބިނާކުރުމުގެ ގޮންޖެހުމަށް ލިބޭ ވަރަށް ބޮޑު ހައްލެއް ކަމަށެވެ.

ރާއްޖޭގަ ވަޒީފާ އަދާކުރާ ބިދޭސީންނަށް ބަލާއިރު، ގިނަ އަދަދެއްގެ ބިދޭސީން އެކައުންޓެންޓިން ދާއިރާގައި މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޮލަޝިޕްގައި ހިމެނޭ އިނާޔަތްތައް:

  • ރަޖިސްޓްރީ ކުރުމުގެ ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޕްޝަން ލިބޭ މީހުނަށް އެގްޒެމްޕްޝަން ފީ
  • އިމްތިހާނުގެ ފީ
  • ބުކް އެލަވަންސް
  • ޓިއުޝަން ފީ

މިއަހަރު ބޭއްވި ޕަބްލިކް އެކައުންޓެންޓްސް ފޯރަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެކައުންޓިން ދާއިރާއިން މީހުން ބިނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް