ރަމަޟާންމަހު ކައިވެނި ކޮށްދޭ ގަޑިތައް ޢާއްމުކޮށްފި

22.2.22: މި ރީތި ތާރީހުގައި މިއަދު ކުރުމަށް ހަމަޖެހިފައިވާ 85 ކައިވެނީގެ ތެރެއިން ފެމިލީ ކޯޓުގެ ކޯޓު ރޫމަގައި ކުރުމަށް ހަމަޖެހިފައިވާ 47 ކައިވެނި ކުރުން ފެމިލީ ކޯޓުގައި ކުރިއަށްދަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފެމެލީ ކޯޓުން، ރަމަޟާންމަހު ކާވެނި ކޮށްދޭ ގަޑިތައް ޢާއްމުކޮށްފިއެވެ.

އެ ކޯޓުން މިއަދު ޢާއްމުކުރި ޢިއުލާނެއްގައި ބުނީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކާވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 09:30 އިން 12:30 އަށް ކަމަށެވެ.

ނުރަސްމީގަޑީގައި ރޭގަނޑު 21:30 އިން 23:00 އަށް ކާވެނި ކޮށްދޭން ހަމަޖެހިފައި ވާއިރު، ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ ރޭގަނޑު 21:30 އިން 23:00 އަށެވެ.

ކޮވިޑާ ގުޅިގެން ފެމެލީ ކޯޓުން މިހާރު ކާވެނި ކޮށްދެނީ، ރަސްމީ ގަޑީގެ ތެރެއިން، ހެނދުނު 9:00 އިން 11:30 އަށެވެ. އަދި މެންދުރު ފަހު 1:00 އިން 1:30 އަށެވެ.

ނުރަސްމީ ގަޑީގައި ހަވީރު 4:00 އިން 21:30 އަށް ކާވެނި ކޮށްދޭ ގޮތަށް މިހާރު އޮންނައިރު، ކޯޓުން ބޭރުގައި ކައިވެނި ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑޫ 21:30 އަށެވެ.

comment ކޮމެންޓް