ހިތުގެ ބަލިތައް ތަހަންމަލު ކުރާ އަންހެނުންނަށްވުރެ ފިރިހެނުން ގިނަ

މާ ބޮޑަށް އުފާވުމުންވެސް ހިތުގެ ބައްޔަށް މަގުފަހިވެދާނެ ކަމަށް ދިރާސާ އަކުން ވަނީ ދައްކާފައި --

ރާއްޖޭގައި ހިތުގެ ބަލިތައް ތަހަންމަލު ކުރާ އަންހެނުންނަށްވުރެ ފިރިހެނުން ގިނަ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ޢާއްމުކުރި މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް 2020 އިން ދައްކާ ގޮތުގައި، އެ އަހަރު ރާއްޖޭގައި ހިތުގެ ބަލި ތަހައްމަލު ކޮށްފައިވާ 2،785 މީހުންގެ ތެރެއިން 1،757 މީހުނަކީ ފިރިހެނުންނެވެ.

މާލެ ސަރަހައްދުގައި ހިތުގެ ބަލި ތަހައްމަލު ކުރާ 1،672 މީހުން އުޅޭއިރު، އަތޮޅުތެރޭގައި އެ އަދަދު އުޅެނީ 1،113 ގައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން، ރާއްޖޭގައި އެންމެ ގިނައީ ހިތުގެ ބަލި މީހުން ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ރާއްޖޭގައި ހިތުގެ ބަލިތައް ތަހައްމަލު ކުރާ އުމުރުފުރާ އަށް ބަލާއިރު، އެންމެ ގިނައީ 54 އަހަރާ 72 އަހަރުގެ ފިރިހެނުންނެވެ. އެއަށްފަހު 36 އަހަރާ 53 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

ތިންވަނައަށް ހިތުގެ ބަލި އެންމެ ގިނައިން ތަހައްމަލު ކުރަނީ 72 އަހަރުން މަތީގެ މީހުންނެވެ. އެއަށްފަހު، 54 އަހަރާ 72 އަހަރާ ދެމެދުގެ އަންހެނުންނެވެ.

ދެހާސް ވިހި ވަނަ އަހަރު، އުމުރުން 17 އަހަރުން ދަށުގެ 19 އަންހެން ކުދިންނާއި 29 ފިރިހެންކުދިން ހިތުގެ ބަލިތަކުގައި ޑޮކްޓަރަށް ދައްކާފައި ވާކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް