އަތޮޅުތެރޭގައި ވިހާ ރޭޓް މަތިވިއިރު، މާލޭގައި ވީ ދަށް

މާލޭ ސިޓީގައި ވިހާ ރޭޓް ދަށްވިއިރު އަތޮޅުތެރޭގައި ވިހާ ރޭޓް ވީ މަތިކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

'މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް 2020' ގެ ނަމުގައި ހެލްތު މިނިސްޓްރީން ތަފާސްހިސާބު އާއްމުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރު އަތޮޅުތެރޭގައި ވިހާފައި ވަނީ 2،185 ކުދިންނެވެ. އަދި 2019 ވަނަ އަހަރު އެ އަދަދު 1،959 އަށް ދަށްވިއިރު، 2020 ވަނަ އަހަރު އެ އަދަދު ވަނީ 3،235 އަށް މަތިވެފައެވެ.

މާލެ ސަރަހައްދުގައި 2018 ވަނަ އަހަރު 4،364 ކުދިން ވިހާފައި ވާއިރު، 2019 ވަނަ އަހަރު ވިހާފައި ވަނީ 4،359 ކުދިންނެވެ. އަދި 2020 ވަނަ އަހަރު އެ އަދަދު 3،203 އަށް ވަނީ ދަށްވެފައެވެ.

ދިވެހީން ވިހާ ނިސްބަތަށް ބަލާއިރު، 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 7000 ގައި އަދަދުތައް އުޅޭއިރު، 2018 ވަނަ އަހަރު އެ އަދަދު ވަނީ 6،800 އަށް ދަށްވެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ދިވެހީން ވިހޭ އަދަދު 6،350 އަށް ދަށްވި އިރު، 2020 ވަނަ އަހަރު އެ އަދަދު ވަނީ 6،516 އަށް މަތިވެފައެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި، 2020 ވަނަ އަހަރު ރާއްޖޭގައި ވިހޭ ކުދިންގެ ތެރެއިން 51 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. އަދި 49 ޕަސެންޓަކީ އަންހެން ކުދިންނެވެ.

comment ކޮމެންޓް