ޔޫކްރޭނަށްދޭ ހަމަލާތައް ކުށްވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން ވޯޓުދިފި

އދ.ގެ ކުއްލި ބައްދަލުވުމުގެ ތެރެއިން

ޔޫކްރޭނަށް ރަޝިޔާއިންދޭ ހަމަލާތައް ކުށްވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން ވޯޓު ދީފިއެވެ.

މިރޭ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވަނީ ރަޝިޔާއިން ޔޫކުރޭނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ޤަރާރެއް ފާސްކޮށްފައެވެ.

އދ.ގެ އެ ކުއްލި ބައްދަލުވުމުގައި 193 ޤައުމަކުން ބައިވެރިވިއެވެ. އޭގެ ތެރެއިން 141 ޤައުމަކުން ވަނީ ޔޫކްރޭނަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ފަސް ޤައުމަކުން ވަނީ ރަޝިޔާ ދިފާއު ކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ބެލަރޫސް، ސީރިއާ، އެރިޓްރިއާ އަދި އުތުރު ކޮރެއާއެވެ.

ރަޝިޔާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް ހުށަހަޅާފައިވާ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައިވާ ގައުމުތަކަކީ ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަސް ގައުމެކެވެ. އެ ޤަރާރުގައި ޔޫކްރޭންގައި ތިބި ރަޝިޔާ ސިފައިން ވަގުތުން އެގައުމުން ފޭބުމަށް ވެސް ވަނީ ގޮވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާގެ ރައީސް ވްލެޑްމިއަ ޕޫޓިންގެ ގޮވާލުމަށް ރަޝިޔާއިން ޔޫކްރޭނަށް ވަނީ ހަމަލާތައް ދޭންފަށާފައެވެ. މި ހަމަލާތަކުގެ ސަބަބުން މުޅި ޔޫކްރޭނަށް ވަނީ ބިރުވެރިކަން ގެނުވާފައެވެ.

ހަމަލާތަކުން ދިފާއުވުމަށް ޔުކްރޭނުންވަނީ ގިނަ ބައެއްގެ އެހީތަރިކަމަށް އެދިފައެވެ. އެގޮތުން އެ ގައުމުން ޗައިނާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް އިއްޔެ ވަނީ އެދިފައެވެ.

ޔޫކްރޭނަށްދޭ ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޤައުމުތަކުން ވަނީ ބަޔާންތައް ނެރެފައެވެ. އަދި ރަޝިޔާއަށް ގިނަ ޤައުމުތަކުންނާއި އިދާރާތަކުން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

comment ކޮމެންޓް