ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެ އާދެވޭގޮތަށް ބަސް ދަތުރުތައް ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް ބަސް ދަތުރުތައް މިއަދު ވަނީ ފަށާފައި -- ފޮޓޯ/ އެމްޓީސީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެ އާދެވޭގޮތަށް ބަސް ދަތުރުތައް ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް ބަސް ދަތުރުތައް ފަށާފައިވާއިރު، އެމްޓީސީސީން ބުނީ ޓްރެފިކް މާ ގޯސް ނޫން ނަމަ، މިއަދުން ފަށައިގެން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ރޭގަނޑު 11:00އާ ހަމައަށް ގަޑިއަކު އެއްފަހަރު މިދެމެދުގައި ބަސް ދަތުރުތައް ކުރާނެ ކަމަށެވެ.

މިދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގަކީ 15 ރުފިޔާއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، ހިޔާ ފްލެޓްގައި ދިރިއުޅޭ ގިނަ މީހުންނަކީ މާލޭގައި ވަޒީފާ އަދާކުރާ މީހުންނަށް ވުމުން ގިނަ ބަޔަކު ގެންދިޔައީ ކަންބޮޑުވުން ފައުޅު ކުރަމުންނެވެ.

އެމްޓީސީސީން ބުނީ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް ބަސް ދަތުރުތައް ކުރާން ފެށުމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.

އެމްޓީސީސީގެ ސީއޯއޯ އާދަމް އާޒިމް ވިދާޅުވީ، މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން އެއްފަހަރު ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

comment ކޮމެންޓް