ވޭތުވެދިޔަ 24ގަޑިއިރު ތެރޭ ރާއްޖެއިން 560 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭގައި ރެންޑަމް ސާމްޕަލް ނުގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 3،484 ސާމްޕަލްގެ ތެރެއިން 560 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 637 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 48 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 471 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 26 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 170،192އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،018މީހުން ތިބިއިރު އޭގެ ތެރެއިން 1426 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެއާ މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ އިތުރުވެފައެވެ.

އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 16.06 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 16.07 ޕަސެންޓެވެ.

މީގެ އިތުރުން، ކޮވިޑުން ދިފާއުވުމަށް މިއަދު 19 މީހުން ފުރަތަމަ ޑޯޒު ޖެހިއިރު މިއަދު ދެވަނަ ޑޯޒުޖެހީ 64 މީހުނެވެ. އަދި މިއަދު 1،740 މީހުން ބޫސްޓާ ޑޯޒުޖަހާފައިވެއެވެ.

ރާއްޖެއިން މުޅި ޖުމްލަ 398،197 މީހުން މިހާތަނަށް ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައެވެ. އަދި 371،051 މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފައި ވާއިރު، ބޫސްޓާ ޑޯޒު ފުރިހަމަކޮށްފައިވަނީ 130،630 މީހުނެވެ.

comment ކޮމެންޓް