ހޯމް މިނިސްޓަރުގެ ނައިބުކަމަށް ލުއައްޔު އައްޔަނު ކުރައްވައިފި

ހޯމް މިނިސްޓަރުގެ ނައިބު ކަމަށް އައްޔަން ކުރެއްވި ލުއައްޔު ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހޯމް މިނިސްޓަރުގެ ނައިބުގެ މަގާމަށް ގދ. ވާދޫ، ޕެރިސް، ލުއައްޔު ސަޢީދު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ލުއައްޔު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވާސިޓީން 2013 ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އޮނާސް އިން އެޕްލައިޑް އެކައުންޓިން ހާސިލްކުރައްވާފައެވެ.

އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީގެ އިންޓާނަލް އޮޑިޓް އެގްޒެކެޓިވްކަން ކުރައްވާފައެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ އޮޑިޓަރުކަމުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ.

ލުއައްޔު އައްޔަން ކުރެއްވުމުން ހޯމް މިނިސްޓަރުގެ ނައިބު ކަމުގައި މިހާރު މިހާރު ދެ ބޭފުޅުން ތިއްބަވާނެއެވެ. ނައިބެއްގެ ގޮތުގައި ދެން ހުންނެވީ އަބޫބަކުރު ޢަބްދުލްކަރީމެވެ.

comment ކޮމެންޓް