ޔޫކްރޭނަށް 600 މިލިއަން ޑޮލަރު ދިނުމަށް ބައިޑަން އަމުރުކުރައްވައިފި

ޔޫކްރޭނަށް 600 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމުކުރައްވައިފިއެވެ.

ބައިޑަން މިފަދައިން އަމުކުރައްވާފައިވަނީ ރަޝިއާއިން ޔޫކްރޭނުގެ ގިނަ ސަރަހައްދުތަކަށް ހަމަލާދީ، ޔޫކްރޭނުގެ ވެރިރަށް އަރައިގަނެފައިވާ ދަނޑިވަޅެއްގައެވެ.

ބައިޑަންގެ ޔޫކްރޭނަށް ދޭން އަމުރުކުރެއްވި 600 މިލިއަން ޑޮލަރުގެ ތެރެއިން 350 މިލިއަން ޑޮލަރު ބޭނުންކުރެވޭނީ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ޑިފެންސް އާޓިކަލްތަކާއި ޚިދުމަތްތަކުގެ އިތުރުން މިލިޓަރީ ތަޢުލީމާއި ތަމްރީނު ދިނުމަށެވެ.

މީގެއިތުރުން އެ ފާއިސާއިން 250 މިލިއަން ޑޮލަރު ވަގުތުން ވަގުތަށް އެއްވެސް ގާނޫނެއްގެ ޕްރޮވިޝަނަކަށް ނުބަލައި ޔޫކްރޭނަށް ދިނުމަށް އެ އަމުރުގައި ވެއެވެ.

އެމެރިކާއިން ވަނީ ރަޝިއާގެ ރައީސް ޕޫޓިން އާއި ފޮރިން މިނިސްޓަރު ލަވްރޮވް އާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ. އަދި ރަޝިއާއާ ދެކޮޅަށްވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އަޅާފައެވެ.

އެމެރިކާއިން ވަނީ ޔޫކްރޭނާއެކު ތިބޭނެކަމުގެ ޔަގީންކަން އެތައް ފަހަރެއްގެ މަތިން ދީފައެވެ. ނަމަވެސް ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ ހަނގުރާމައަށް ނުކުންނަން ޖެހުނީ ގިނިކަންޏާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް