ޖާންވީ ކަޕޫރާއި ސުކޭޝް ޗަންދްރަކޭޝްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަކަމަށް ބުނެފި

ޖާންވީ ކަޕޫރާއި ސުކޭޝް ޗަންދްރަކޭޝް --

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖާންވީ ކަޕޫރާއި ސުކޭޝް ޗަންދްރަކޭޝްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަކަމަށް ޖާންވީގެ ރައްޓެއްސަކު ބުނެފިއެވެ.

ސުކޭޝް ޗަންދްރަޝޭކަރްގެ މަނީ ލޯންޑަރިންގެ ކޭސް އެއްގައި ދާދި ފަހުން ޖާންވީ ކަފޫރްގެ ނަންވަނީ ފެންމަތިވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ސުކޭޝް ވަނީ ޖާންވީއަށާއި ސާރާ އަލީ ހާންގެ އިތުރުން ބޫމީ ޕެޑްނޭކަރަށް ހަދިޔާ ފޮނުވައިފައެވެ.

ސުކޭޝް، ޖާންވީއަށް 18 ލައްކަ ރުޕީސްގެ އަގުހުރި ހަދިޔާތަކެއް ދީފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް، "އިންޑިއާ ޓުޑޭ"ގައި ޖާންވީގެ ރައްޓެއްސަކާ ހަވާލާދީ ބުނެފައިވާ ގޮތުން އެ ދެ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނޯވެއެވެ. އަދި އޭނާ ބުނެފައިވަނީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް އަދި ފޯނުން ވެސް ޖާންވީ އާއި ސުކޭޝް ބައްދަލުނުވާ ކަމަށެވެ.

އިންޑިއާގެ ފައިސާއާ ގުޅުން ހުރި ކުށްތަކާ ބެހޭ ކަންކަން ތަންްފީޒުކުރާ އިދާރާއިން ބުނަނީ، މިދިޔަ އަހަރުގެ ޖުލައި މަހު، ސުކޭޝްގެ އަންހެނުންގެ ސެލޫންއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖާންވީ ބައިވެރިވި ކަމަށެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމުން ޖާންވިއަށް 18.94 ލައްކަ ރުޕީސް ދިން ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

"ދަޅަކް"އިން މަޝްހޫރުވި މި ބަތަލާ ވަނީ، ސުކޭޝްގެ އަންހެނުންގެ މަންމަގެ ފަރާތުން ޑިޒައިނާ ދަބަހެއް ލިބުނު ކަމަށް އިންވެސްޓިގޭޓިވް އެޖެންސީގައި ބުނެފައި ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީގެ އިތުރުން ޖާންވީ ވަނީ އޭނާގެ ބޭންކް އެެކައުންޓްގެ މައުލޫމާތުވެސް އިކޮނޮމިކް ކްރައިމްއާ ގުޅޭ ކަންކަން ތަންްފީޒުކުރާ އިދާރާއާ ހިއްސާކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު