ފުލުހުންގެ އައިޓީ ޑިޕާޓްމެންޓަށް ޗައިނާއިން ބައެއް ސާމާނު ހަދިޔާކޮށްފި

ޗައިނާއިން މިއަދު ފުލުހުންނަށް ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ޗައިނާ އެމްބަސީ

ފުލުހުންގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލަޖީ ޑިޕާޓްމެންޓަށް ޗައިނާއިން ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

އެތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާއާ އެކު އިއްޔެ ވަނީ ސޮއިކޮށްފައެވެ. ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. ޗައިނާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިންއެވެ.

އެ ތަކެތި ހަދިޔާކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސަފީރު ވަން ލީޝިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެތަކެތި ހަދިޔާކުރުމުގެ ސަބަބުން ފުލުހުންގެ ގާބިލުކަން އިތުރުވެ ގާނޫނު ނަގަހައްޓަން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.

ޗައިނާ ސަރުކާރުން މީގެކުރިން ވެސް ވަނީ ފުލުހުންނަށް އެކި ތަކެތި ހަދިޔާކޮށްފައެވެ. އޭގެތެގޭގައި ވެހިކަލްތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް