އަހަރުގެ މިހާތަނަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް ވުރެ ގިނަ

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް ހިނގައްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ ފުރަތަމަ ދޮޅު މަސްދުވަސް ފާއިތުވީ އިރު ޖުމްލަ 201،126 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 44.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

އަހަރުގެ މިހާތަނަަށް ދުވާލަކު އެވަރެޖުކޮށް 4،469 ފަތުރުވެރިން އާދެއެވެ. އަދި އެ މީހުން ރާއްޖޭގައި މަޑުކޮށްފައިވަނީ އެވަރެޖުކޮށް ނުވަ ދުވަހުގެ މުއްދަތަކަށެވެ.

މި މަސް ތެރޭގައި، މިދިޔަ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 69،362 ފަތުރުވެރިން އައިސްފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު 7،668 ފަތުރުވެރިން ރާއްޖެ އައެވެ.

ވަކިވަކި ގައުމުތަކަށް ބަލައިލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު، ޖުމްލަ އަދަދުގެ 15.9 ޕަސެންޓު ހިއްސާކުރެއެވެ. އަދި 11.5 ޕަސެންޓާ އެކު ލިސްޓުގެ ދެވަނައިގައި އުޅެނީ އިނގެރޭސިވިލާތެވެ. ތިންވަނައިގައި އޮތް އިންޑިއާ އަށް ލިބިފައިވަނީ 8.4 ޕަސެންޓެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަން މިހާރު ދަނީ ރަނގަޅުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު މުޅި ޖުމްލަ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް