ޓްރަމްޕް ވިދާޅުވީ އަދިވެސް ކިމް ޖޮންގް އުން އާ ގުޅުން ބާއްވަވާކަމަށް

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ކޮރެއާގެ ލީޑަރު ކިމް އަރިހުގައި---

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އަދިވެސް ގާތް ގުޅުމެއް ބާއްވަވާކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ އޭނައާ ބެހޭގޮތުން ނެރުމަށް ހަމަޖެހިފައިވާ 'ދަ ކޮންފިޑެންސް މޭން' ފޮތަށް މަޢުލޫމާތު ދެއްވަމުންނެވެ.

ދެ ހާސް އަށާރަ ވަނަ އަހަރު އެމެރިކާއާއި އުތުރު ކޮރެއާގެ ގުޅުން ރަނގަޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި ދަނޑިވަޅެއްގައި ޓްރަމްޕް ވަނީ ކިމް ޖޮންގް އުން އާ ލޯބިވެވުނުކަމަށް ވިދާޅުވެފައެވެ.

އުތުރު ކޮރެއާއިން 2022 ވަނަ އަހަރު ފެށުނީއްސުރެ މިސައިލް ޓެސްޓުކުރާ މިންވަރު އިތުރުކޮށްފައިވާއިރު، ބައިޑެން ސަރުކާރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

ޓްރަމްޕްގެ ރިޔާސީ ދައުރަށްފަހު ބޭރުގެ ލީޑަރަކަށް ޓްރަމް ގުޅުން ބާއްވަނީ ހަމައެކަނި ކިމް ޖޮންގް އުން އާ ކަންވެސް ފާހަގަކޮށްލެވެއެވެ.

އެމެރިކާގައި އަމިއްލަ ރައްޔިތުންނަށް ބޭރުގެ ސަރުކާރުތަކާ ނެގޯޝިއޭޓްކުރުމަކީ މަނާކަމެކެވެ. ޓްރަމްޕްގެ މި ވާހަކަފުޅުގައި އެއްވެސް ހަގީގަތެއް އެކުލެވޭނަމަ މިއީ އެމެރިކާއިން ސީރިއަސްކޮށް ބަލާނެ މައްސަލައެކެވެ.

comment ކޮމެންޓް