ބަހާއި ތާރީހަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި މުނީރާގެ އާއިލާއަށް ދިވެހިބަހުގެ އެކެޑަމީގެ ތައުޒިޔާ

ދިވެހިބަހާއި ތާރީހަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ފާތިމަތު މުނީރާ ދީދީ --

ދިވެހިބަހާއި ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މ. ފިޔާތޮށިގޭ، ފާތިމަތު މުނީރާ މޫސާ ދީދީގެ އާއިލާއަށް ދިވެހިބަހުގެ އެކެޑަމީން ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

މުނީރާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 80އަހަރެވެ.

މުނީރާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުގައި ދިވެހިބަހުގެ ބަސް ކޮމިޓީގައި
ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

މީގެ އިތުރުން، މުނީރާއަކީ ދިވެހި ތާރީޚާ ބެހޭ ގޮތުން ތަފާތު މައުޟޫޢުތަކުގައި ފަތްތޫރައަށް ލިޔުއްވައިފައިވާ ލިޔުންތެރިއެއް ވެސް މެއެވެ. މުނީރާގެ މަސައްކަތްތަކުގެ ތެރެއިން، ދިވެހި ތާރީޚުގެ ރަސްރަސްކަލުންނާއި ޢިއްޒަތްތެރީންގެ ނަސަބުފުޅު ދިރާސާކުރައްވައި އެ މައުލޫމާތުތަށް ލިޔުއްވުމަށް ކުރައްވައިފައިވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ މުނީރާގެ ވަކިވެވަޑައިގަތުމަކީ ދިވެހި ބަހާއި ތާރީޚަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ކަމަށެވެ.

މި ފުން ހިތާމަ ދިވެހިބަހުގެ އެކެޑަމީން އަބަދު ކުރާ ހާލު އެ ބޭފުޅާގެ ފުރާނަފުޅު މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ﷲގެ ހަޟުރަތުގައި ދުޢާ ދަންނަވާ ކަމުގައި އެ މެސެޖުގައި ބުނެފައިވެއެވެ.

comment ކޮމެންޓް