ޖެނުއަރީ މަހު މީރާއަށް ދެ ބިލިއަން ރުފިޔާ، ޖީއެސްޓީން އެއް ބިލިއަން ރުފިޔާ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ޖެނުއަރީ މަހު މީރާއަށް 2.36 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފިއެވެ.

މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ 38.6 ޕަސެންޓު އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31.2 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު މީރާގެ އާމްދަނީ ރަނގަޅުވީ ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ. އެގޮތުން ޑިސެމްބަރު 2020އާ އަޅާ ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ގުނަ އިތުރުކަން މީރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، މިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.

ޖެނުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި ހިމެނެނީ:

  • ޖީއެސްޓީ: 1.05 ބިލިއަން ރުފިޔާ
  • އިންކަމް ޓެކްސް: 864.41 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓު: 65 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް: 95.19 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް: 84.49 މިލިއަން ރުފިޔާ
  • ލީސް ޕީރިއަޑް އެކްސްޓެންޝަން: 76.55 މިލިއަން ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީ: 188.54 މިލިއަން ރުފިޔާ

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

comment ކޮމެންޓް