ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ރައީސްގެ ދެ ކަނބަލުން އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާ އަށެވެ. ހަތަރު ދުވަހަށް ކުރެއްވި އެ ދަތުރުފުޅަކީ އައު އަހަރާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.
ސިންގަޕޫރަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވާ ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.