އެވިޑް ކޮލެޖުން ރިސާޗް ގްރާންޓް ސްކީމެއް ތައާރަފުކޮށްފި

އެވިޑު ކޮލެޖުގެ ގްރާންޓް ސްކީމް ތައާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖު

އެވިޑު ކޮލެޖުން ރިސާޗް ގްރާންޓު ސްކީމެއް އިފްތިތާހުކޮށްފިއެވެ.

އެ ކޮލެޖުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި އެ ސްކީމް އިފްތިތާހުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ.

އޭނާގެ އިތުރުން އެ ކޮލެޖުގެ ޗެއާމަންގެ މުޝީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ސްޓްރަޓެޖިކް ޕްލޭން އެކުލަވާލެއްވި ކޮންސަލްޓެންޓު، ޑރ. އަހްމަދު އަލިމަނިކު އެ ހަފްލާގައި ބައިވެރިވެވަޑައިގަތެވެ. އަދި އެކޮލެޖުގެ އެކަޑަމިކް މުވައްޒަފުން ވެސް ބައިވެރިވިއެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން ވިދާޅުވީ މިއީ އެކޮލެޖުގެ ތާރީހުގައި ވެސް ލިޔެވޭނެ ފަދަ އުފާވެރި ދުވަހެއް ކަމަށެވެ. މި ސްކީމްގެ ސަބަބުން އިލްމީ ދިރާސާތައް ކުރައްވާނޭ ބޭފުޅުންތަކެއް އުފެދި، އެ ބޭފުޅުންގެ ދިރާސާތަކުން މުޅި މުޖުތަމައަށް ފައިދާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެވިޑު ކޮލެޖުގެ ގްރާންޓް ސްކީމް ތައާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖު

ވަކިން ހާއްސަކޮށް, އެ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންނަށް މިއީ ހުޅުވާލެވޭ އަގުހުރި ފުރުސަތެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިވަގުތު މި ގްރާންޓުތައް ހުޅުވާލެވިފައިވަނީ ހަމައެކަނި އެވިޑް ކޮލެޖުގެ މުވައްޒަފުންނަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އާންމުންނަށް ހުޅުވާލައިގެން މި ސްކީމް ކުރިއަށް ގެންދިއުމަކީ އަމާޒެއް ކަމަށް އެވިޑުން ބުނެއެވެ.

އެވިޑުގެ ގްރާންޓް ސްކީމާ އެކު އެ ކޮލެޖުގެ "ފެކަލްޓީ އޮފް ރިސާޗު"ގެ ނަން "ސެންޓާ ފޯ ރިސާޗް އެންޑް އިނޮވޭޝަން" އަށް ވަނީ ބަދަލުކޮށްފިއެވެ.

comment ކޮމެންޓް