ގައުމީ ރާޅާއެޅުމުގެ ލީގުގެ ފުރަތަމަ މުބާރާތް ގައްދޫގައި

މިދިޔަ އަހަރު ބޭއްވުނު ސާފިން މުބާރާތުގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ ގައުމީ ރާޅާއެޅުމުގެ ލީގުގެ ފުރަތަމަ މުބާރާތް ގދ. ގައްދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގައްދޫގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 އިން 28އަށް ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މީހުން އެމްއެސްއޭގެ ލައިވް ހީޓްސް ޕޭޖު މެދުވެރިކޮށް ރަޖިސްޓްރިވުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 17 ވަނަ ދުވަހެވެ.

ގައްދޫ މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައިކަމުން، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށް މޮނިޓަރިންގެ ހާލަތުން ނުނަގައިފިނަމަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

comment ކޮމެންޓް