ވަޅުން ނެގި ރަޔަން ނިޔާވެއްޖެ

ވަަޅަށް ވެއްޓިގެން ނިޔާވި ރަޔަން

މޮރޮކޯގައި 100 ފޫޓު ފުން ވަޅަކަށް ވެއްޓުނު އުމުރުން ފަސް އަހަރުގެ ރަޔަން ނިޔާވެއްޖެއެވެ.

ރަޔަން ނިޔާވެފައިވާކަން މޮރޮކޯގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މޮރޮކޯގެ އިދާރާތަކުން ރިޕޯޓްކުރި ގޮތުގައި ރެސްކިއު ޓީމުން ރަޔަން އެ ވަޅުން ސަލާމަތްކުރިއެވެ. އަދި ވަގުތުން އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ރަޔަންގެ ހާލަތު ސާފެއް ނޫނެވެ. ނަމަވެސް ރަޔަންއަށް އެކިވަރުގެ އަނިޔާތައްވެފައި ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޔަން ވެއްޓުނު ވަޅު ތެރެއަށް ކެމެރާއެއް ތިރިކޮށްގެން ނެގި ފޮޓޯތަކުން އެނގުނު ގޮތުގައި ރަޔަން ހުރީ ސަލާމަތުންނެވެ. ނަމަވެސް އޭރުވެސް ރަޔަން އަށް އަނިޔާތަކެއް ވެފައިވާކަން އެނގެއެވެ.

އުމުރުން އެންމެ ފަސް އަހަރުގެ ރަޔަން ނިޔާވީ މުޅި މޮރޮކޯ އާއި ދުނިޔެ ރޮއްވާލާފައެވެ.

ރަޔަން ވަޅަށް ވެއްޓުނުތާ 4-5 ވަރަކަށް ދުވަސްވެފައިވާއިރު، އޭނާ ސަލާމަތްކުރުމަށް މޮރޮކޯގެ ރެސްކިއު ޓީމުތަކުން އައީ ހުކުރު ދުވަހުން ފެށިގެން ކެނޑިނޭޅި ފުޅާކޮށް މަސައްކަތްކުރަމުންނެވެ.

ރަޔާން ނިޔާވުމާ ގުޅިގެން މޮރޮކޯގެ ރަސްގެފާނު މުހައްމަދު ވީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް