ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން: ގެވެށި އަނިޔާ ލިބުނު އަންހެނަކަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެއެވެ.

އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:20 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާގެ ފަރާތުން ލިބުނު ގެވެށި އަނިޔާތަކަކަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީ އަންހެނަކަށް ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާއިރު މިދިޔަ ހަފްތާގައި ވަނީ ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެ ހާދިސާވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ގެވެށި އަނިޔާގެ 23 މައްސަލައެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް