މާދަމާ ރީތި ތާރީހެއް، ފެމިލީ ކޯޓުގައި 39 ކައިވެނި

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ފެމިލީ ކޯޓުގައި 39 ކައިވެނި ކުރުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

މާދަމާ (02.02.2022)އަކީ މި އަހަރު ތެރޭގައި އަންނަ ރީތި ތާރީހުތަކުގެ ތެެެރެއިން ފާހަގަކޮށްލެވޭ ތާރީހެކެވެ. ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ދިވެހީން އާއްމުކޮށް ކުރާ ކަމެކެވެ. އެފަދަ ތާރީހުތަކުގައި އަބަދުވެސް ފެމިލީ ކޯޓުން ގިނަ އަދަދަކަށް ކައިވެނިކޮށްދެއެވެ.

އެ ކޯޓުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މާދަމާއަށް 39 ކައިވެނި އެ ކޯޓުގައި ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް 36 ކައިވެންޏެއް ހަމަޖެހިފައިވާއިރު ތިން ކައިވެންޏެއް އަދި ވަނީ ހަމަނުޖެހިއެވެ.

ފެމިލީ ކޯޓުގެ ރަސްމީ ގަޑީގައި މާދަމާ 15 ކައިވެންޏެއް ކުރާއިރު ނުރަސްމީ ގަޑީގައި ހަ ކައިވެނި ކުރާނެއެވެ. އަދި ކޯޓުން ބޭރުގައި 11 ކައިވެންޏެއް ކުރަން ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާދަމާއާ ދިމާކޮށް ކައިވެނި ހަފްލާ ބާއްވާ ގިނަ ތަންތަން ވަނީ މިހާރު ބުކްކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ރީތި ތާރީހެއްކަމަށްވާ 21.12.2021ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

comment ކޮމެންޓް