ޓެސްލާގެ ފާއިދާއަށް 665 އިންސައްތައިގެ އިތުރުވުމެއް

ދުނިޔޭގެ އެންމެ އަގުހުރި ކާރު ކުންފުނި ކަމަށްވާ ޓެސްލާގެ ފާއިދާގެ ގޮތުގައި 665 އިންސައްތައިގެ އިތުރުވުމެއް ރިކޯޑްކޮށްފި އެވެ.

2020 ވަނަ އަހަރުގެ ފާއިދާއާ އަޅާ ބަލާއިރު ޓެސްލާގެ ފާއިދާ ވަނީ 5.5 ބިލިއަން ޑޮލަރަށް އަރާފައެވެ.

2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޓެސްލާގެ ޖުމުލަ އާމްދަނީގެ ގޮތުގައި 17.7 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 65 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެސްލާއިން ވަނީ މިދިޔަ އަހަރު އެކަނިވެސް 936،000 ކާރު ވިއްކާފައެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން ސަޕްލައި މައްސަލަތައް ދިމާވިނަމަވެސް ޓެސްލާއިން ވަނީ ރިކޯޑް އަދަދަކަށް ކާރުތައް ވިއްކާފައެވެ.

ޓެސްލާއިން ލަފާކުރާ ގޮތުގައި އަހަރީ އާމްދަނީ 2022 ވަނަ އަހަރު 50 އިންސައްތަ އިތުރުވާނެ އެވެ. އަދި މި ލަފާކުރުމާ ހަމައަށް ވާސިލުވެވޭނެކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

comment ކޮމެންޓް