70 އަހަރު ވަންދެން ލައިސަންސް ނެތި ކާރު ދުއްވި މީހަކު ހުއްޓުވައިފި

70 އަހަރު ވަންދެން ލައިސަންސް ނެތި އެ މީހާ ދުއްވި ކާރު

70 އަހަރު ވަންދެން ލައިސަންސް އަދި ކާރު އިންޝުއަރެންސް ނެތި ކާރު ދުއްވި މީހަކު އިނގިރޭސިވިލާތުގެ ފުލުހުން ހުއްޓުވައިފި އެވެ.

އެ ގައުމުގެ ފުލުހުން ބުނި ގޮތުގައި އެމީހާ ހުއްޓުވާފައިވަނީ ކާރު ޕާކު ކުރަން ހާއްސަކޮށްފައިވާ ސަރަހައްދުންނެވެ.

އެމީހާ ބުނި ގޮތުގައި 70 އަހަރު ވަންދެން އޭނާ ކާރު ދުއްވާފައިވަނީ އެއްވެސް ލައިސެންސެއް ނެތިއެވެ. އަދި މި ހަތް އަހަރުގެ ތެރޭގައި އެންމެ ފަހަރަކުވެސް އެކްސިޑެންޓެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 12 އަހަރުން ފެށިގެން މި މީހާ ކާރު ދުއްވަމުން އަންނައިރު، މިއީ ފުލުހުން އޭނާ ހުއްޓުވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ފުލުހުން މި ހާދިސާ ފޭސްބުކުގައި ހިއްސާކުރުމަށް ފަހު އާންމުންނަށް އިލްތިމާސް ކޮށްފައިވަނީ އުޅަނދުތައް ދުއްވާނަމަ، ލިޔެކިޔުންތައް ފުރިހަމަކުރުމަށެވެ.

comment ކޮމެންޓް