ވަޒީރުންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމުން މަލާވީގެ މުޅި ކެބިނެޓް އެއްކޮށް އުވާލައިފި

މަލާވީގެ ރައީސް ލަޒަރުސް ޗަކްވޭރާ: ފޮޓޯ - އޭއެފްޕީ

އެފްރިކާގެ ޤައުމެއްކަމަށްވާ މަލާވީގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމާއެކު ވަޒީރުންގެ މަޖިލީސް އެއްކޮށް އުވައިލުމަށް އެ ގައުމުގެ ރައީސް ލަޒަރުސް ޗަކްވޭރާ ނިންމަވައިފި އެވެ.

ޤައުމާ މުޚާޠަބުކުރައްވަމުން ޗަކްވޭރާ ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ 3 ވަޒީރުންގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށާއި، އިތުރު ޕަބްލިކް އޮފިސަރުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"އަޅުގަނޑުގެ މުޅި ކެބިނެޓް އެއްކޮށް އަޅުގަނޑު ވާނީ އުވާލާފައި. ކެބިނެޓުގެ ހުރިހާ ބާރުތަކެއް މިވަގުތު ރައީސް އޮފީހާ ވާނީ ހަވާލުކުރެވިފައި" ޗަކްވޭރާ ވިދާޅުވި އެވެ.

މީގެއިތުރުން، 2 ދުވަހުގެ ތެރޭގައި އައު ކެބިނެޓެއް އިފްތިތާހުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަލާވީގެ ވަޒީރުންތަކެއްގެ މައްޗަށް އެކިވަރުގެ ތުހުމަތުތައް ކުރެވޭއިރު، ބައެއް ވަޒީރުން ރިޝްވަތު ނަގާކަމަށް އެ ޤައުމުގެ ރައީސް ވަނީ ވިދާލުވެފައެވެ.

މަލާވީ އަކީ އެފްރިކާ ބައްރުގެ އެންމެ ފަޤީރު އެއް ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެ ޤައުމުގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ދުވާލެއްގެ މައްޗަށް 30 ރުފިޔާއަށްވުރެ ކުޑަ އަދަދެއްގެ އާމްދަނީއަކަށް ބަރޯސާވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު