އުތުރު ކޮރެއާއިން 2 ކްރޫޒް މިސައިލް ތަޖުރިބާކޮށްފި: ރިޕޯޓް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން-- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާއިން ދެ ކްރޫޒް މިސައިލް ތަޖުރިބާކޮށްފިކަމަށް ރިޕޯޓްކޮށްފިއެވެ.

ދެކުނު ކޮރެއާގެ މިލިޓަރީ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

އުތުރު ކޮރެއާއިން ތަޖުރިބާކުރި ކްރޫޒް މިސައިލްތަކަކީ އދ. އިން މަނާކޮށްފައިވާ މިސައިލުތަކެއް ނޫނެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެއާއިން ވަނީ އދ. އިން މަނާކޮށްފައިވާ ބެލިސްޓިކު މިސައިލުތައް ތަޖުރިބާކޮށް، ގައުމުތަކުގެ އާންމު މަސްލަހަތަށް ފުށޫއަރާނެ ކަންކަން ކޮށްފައެވެ.

އުތުރު ކޮރެއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަގުތީ ގޮތުން މަނާކުރެވިފައިވާ މިސައިލުތަކާއި ނިއުކްލިއަރ ހަތިޔާރުތައް ތަޖުރިބާކުރުމަށް އެ ގައުމުން ވަނީ ނިންމާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި އުތުރު ކޮރެއާއާއެކު ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރެވުނެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވިފަހުން އުތުރު ކޮރެއާއިން އަންނަނީ ސުލްހަ ގާއިމުކުރުމުގެ ވާހަކަތަކަށް ނޭދެވޭ އަސަރުތައް ކުރާނެ ހަރަކާތްތައް ފުޅާގޮތެއްގައި ހިންގަމުންނެވެ.

comment ކޮމެންޓް