ވަޓްފޯޑުގެ ކޯޗުކަމުން ރަނިއޭރީ ވަކިކޮށްފި

ކުލަޑިއޯ ރަނިއޭރީ -- ފޮޓޯ/ ސޯޝަލް މީޑިއާ

މިދިޔަ އޮކްޓޫބަރު މަހު ވަޓްފޯޑުގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ކްލައުޑިއޯ ރެނިއޭރީ އެޓީމުގެ ކޯޗު ކަމުން ވަކިކޮށްފިއެވެ.

އެކުލަބުގެ ވެބްސައިޓުގައި ރޭ އާންމު ކުރި ބަޔާނެއްގައި ކޯޗު ރެނިއޭރީ މަގާމުން ވަކިކޮށްފައިވާކަން ވަނީ ޔަގީންކޮށްދީފައެވެ.

އޭނާ އެކުލަބާ ހަވާލުވި ފަހުން އެޓީމު ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެފެއިވަނީ އެންމެ ދެ މެޗުންނެވެ. އޭނާ މަގާމުން ވަކިކޮށްފައިވާއިރު މިވަގުތު ވަޓްފޯޑު އޮތީވެސް އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 19 ވަނައިގައެވެ.

މިދިޔަ އޮކްޓޫބަރު މަހު އޭނާ އެ ޓިމުގެ ކޯޗުކަމާ ހަވާލުވެފައިވަނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށެވެ. ވަޓްފޯޑާ އޭނާ ހަވާލުވީއިރު އެ ޓީމު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

އުމުރުން 70 އަހަރުގެ ރަނިއޭރީ ވަނީ ވަޓްފޯޑުގެ އިތުރުން ޕްރިމިއާ ލީގުގެ އެހެން ޓީމުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރޭގައި ޗެލްސީ އާއި ލެއިސްޓާ ސިޓީ ހިމެނެއެވެ. އަދި އިޓާލިއަން ލީގުގެ ރޯމާއަކީވެސް ރަނިއޭރީ ކޯޗުކަން ކޮށްދީފައިވާ ޓީމެކެވެ.

comment ކޮމެންޓް