ކުޑަ މަސައްކަތަކުން އުރީދޫ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު

ކުޑަ މަސައްކަތެއް ކޮށްލައިގެން އުރީދޫ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަމަކީ އެ ކުންފުނީގެ އެކައުންޓުތަކުން ޕޯސްޓުކޮށްފައިވާ ސުވާލަކަށް ޖަވާބުދިނުމެވެ.

އެ ސުވާލުގައި އަހާފައިވަނީ ފެހުރިހި ކަނީ ކޮންއެއްޗެއްތޯއެވެ. ސުވާލާއެކު އިހްތިޔާރީ ތިން ޖަވާބެއް ވެސް ވަނީ ދީފައެވެ.

އުރީދޫގެ ކަލަންޑަރަކީ އޯގްމެންޓަޑް ރިއަލިޓީ (އޭއާރު) ބޭނުން ކުރެވޭ ފަދަ ސިފަތަކަކާއެކު ޑިޒައިންކޮށްފައިވާ ކަލަންޑަރެކެވެ.

އެ ކަލަންޑަރުގައި އަހަރުގެ ކޮންމެ މަހަކު ވެސް ކަނޑުއަޑީގެ ތަފާތު ދިރުމެއް، އޭއާރު މެދުވެރިކޮށް ތަޖުރިބާ ކޮށްލެވޭނެއެވެ. ސްނެޕްޗެޓް މެދުވެރިކޮށް ކަލަންޑަރުގެ ސަފުހާތަކުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އޭއާރުން ދައްކުވައިދޭ އެ މަންޒަރުތައް، ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެއެވެ.

ކޮންމެ މަހަކަށް ކަނޑުއަޑީގެ ދިރުމެއް ހާއްސަކޮށްފައިވާއިރު، އެ ދިރުންތަކުގެ އޮރިގާމީ ތައްޔާރު ކުރެވޭނެހެން ކަރުދާސް ވެސް ވަނީ ހިމަނާފައެވެ.

ފަސޭހަ ސުވާލަކަށް ޖަވާބު ދީގެން ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަލަންޑަރަކީ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީއިން 150 ރުފިޔާއަށް ލިބޭ ކަލަންޑަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް