ބީއެމްއެލްއިން އިތުރު ނުވަ ސްކޫލެއްގެ ސެން ކުލާހަށް އެހީ ފޯރުކޮށްދީފި

ބީއެމްއެލްއިން 9 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކުރުން-- ފޮޓޯ/ބީއެމްއެލް

ރާއްޖޭގެ އިތުރު ނުވަ ސުކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެއީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ބީއެމްއެލްއިން 9 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކުރުން-- ފޮޓޯ/ބީއެމްއެލް

ބީއެމްއެލްއިން ވަސީލަތްތައް ހަދިޔާކުރި ސްކޫލްތަކަކީ؛

  • ށ. ފުނަދޫ ސްކޫލު
  • މޭނާ ސްކޫލް، ނ. ހޮޅުދޫ
  • މަދްރަސަތުލް އިފްތިތާޙް، ޅ. ނައިފަރު
  • ކ. ގުރައިދޫ ސްކޫލް
  • އއ. އުކުޅަސް ސްކޫލް
  • އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ
  • އިހައްދޫ ސްކޫލް، ލ.ގަން
  • ގއ. އަތޮޅު ސްކޫލް، ގއ. ކޮލަމާފުށި
  • ގދ. މަޑަވެލި ސްކޫލް

ބީއެމްއެލްއިން ބުނީ އެ އެހީއާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބީއެމްއެލްއިން 9 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކުރުން-- ފޮޓޯ/ބީއެމްއެލް

އެގޮތުން ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބީއެމްއެލްއިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވެފައިވާ 65 ފަރާތަކަށް 2020 އަހަރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް އެ ބޭންކުން ވަނީ ހަދިޔާކޮށްފައެވެ.

comment ކޮމެންޓް