ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތައިިލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި ބަނގުއާވި ނައްތާލުން -- ފޮޓޯ/ކަސްޓަމްސް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކުގެ ބަނގުރާ ނައްތައިލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ކުނި ނައްތާލާ ސަހަރައްދުގައެވެ.

ކަސްޓަމްސްއިން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި 1059.85 ލީޓަރު ބަނގުރަލާއި 8481.93 ބަނގުއާވި ހިމެނޭ ކަމަށެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑަޑް ވެއާހައުސްތަކުގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން އަދި އެނޫންވެސް އެހެން ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ހަމައެހެންމެ އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

comment ކޮމެންޓް