އދ. ހުރަސްދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަނީ

އދ ހުރަސްދޫ --- ފޮޓޯ/ ސޯޝަލް މީޑިއާ

އދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ އަތޮޅު ހުރަސްދޫ ވަގުތީގޮތުން ބަލަހައްޓާނެ ފަރާތެއް ހޯދަން ކުރިން ކޮށްފައިވާ އިއުލާނު ބާތިލް ކޮށް އަލުން އިއުލާނުކޮށްފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މި މަހުގެ 31 ވާ ހޯމަ ދުވަހުގެ 11:30 ގެ ކުރިން އދ. އަތޮޅު ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެ ރަށް ބެލެއްޓުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ 11:30 ގައި އދ. އަތޮޅު ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ އެންމެންގެ ހާޒިރުގައެވެ.

އެރަށް ހިމާޔަތްކޮށްފައި ވަނީ ޖޫން 15، 2006ގައެވެ.

އދ. މަންދޫ އާއި އެންމެ ކައިރީގައި އޮންނަ ހުރަސްދޫއަކީ ގުދުރަތީ ރީތިކަމަށް މަޝްހޫރު ރަށެކެވެ. އުފެދުމުގައި ތަފާތު މި ރަށަކީ ފަސްގަނޑު ވަރުގަދަ ތިމާވެށީގެ ގޮތުން ތަފާތު ރަށެއްގެ ގޮތުގައި މީހުން ސިފަކުރާ ރަށެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް