އޮމިކްރޯން ފެތުރޭ މިންވަރު އިތުރުވަނީ، 74 ކޭސް ފެނިއްޖެ

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އަފްޒަލް --

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓްގެ އައު 74 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެެ.

މި 74 ކޭހާއެކު އޮމިކްރޯން ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 125އަށް އަރައިފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1196 ސާމްޕަލްގެ ތެރެއިން 74 ކޭސް އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އޮމިކްރޯންއަށް ޓެސްޓު ކުރަން، 11 ޖަނަވަރީގައި ފޮނުވި ބެޗްގެ 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް އޮމިކްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މީގެން ވެސް އަޅުގަނޑުމެންނަށް މި ދޭހަ ވަނީ އޮމިކްރޯން ފެތުރިގެންދާ ހަލުވިކަމާއި ސްޓްރެއިންތައް އޯވަޓޭކް ކުރަމުން ދާކަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ 11 ރަށަކުން އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެ ގޮތުން، މާލެ ސަރަހައްދުގެ އިތުރުން އޮމިކްރޯން ކޭސްތައް ފެނިފައިވަނީ؛

  • ކ. މާފުށި
  • ދ. ކުޑަހުވަދޫ
  • އައްޑޫ ސިޓީ
  • ލ. ގަން
  • ކ. ތުލުސްދޫ
  • ހދ. ކުމުންދޫ
  • ލ. އިސްދޫ
  • ހދ. ނޮޅިވަރަންފަރު
  • ހދ. ވައިކަރަދޫ
  • ފ. މަގޫދޫ

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ. އެވަރެޖްކޮށް ކޮންމެ ދުވަހަކު ވެސް މިހާރު ދެ ހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް