ކޮވިޑްގައި އިތުރު ދިވެއްސަކު މަރުވެއްޖެ، އަދަދު 270 އަށް

ޖޫން 7، 2021: ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ރޭ ދަންވަރު 03:01 ގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެކެވެ.

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 270 އަށް އަރައިފައެވެ. ކޮވިޑް މިވަނީ އެއްބައްޔަކުން ރާއްޖޭން އެންމެ ގިނަ މީހުން މަރުވި ބައްޔަށް ވެފައެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްފައިވާއިރު، ހަތް މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު 48 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 37 މީހަކަށް ފަރުވާދޭއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ނުވަ މީކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން އައްޑޫ ކޮވިޑް ފެސިލީޓީ އާއި ބ. އަތޮޅު ފެސިލިޓީގައި އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވީ 24 ގަޑިއިރު މާލެއިން ޓެސްޓްކުރި 3،635 ސާމްޕަލްގެ ތެރެއިން ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 2349 މީހުންނެވެ.

މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުން 681 މީހުން އަލަށް ޕޮޒިޓިވްވީއިރު ރިސޯޓުތަކުން 54 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް